N/A
N/A
ވިޔަފާރި 01 Jan 2024 | 12:20

ކުޑަހިނދުކޮޅަކުން ކޯޓޭޝަންނެގޭ ބުރުޒު ކޭޓަރިން ސާވިސަސްގެ އާ ވެބްސައިޓް ލޯންޗުކޮށްފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބުރުޒު ކޭޓަރިން ސާވިސަސް އިން އެ ކުންފުނީގެ އާ ވެބްސައިޓް  ލޯންޗްކޮށްފި އެވެ.

ބުރުޒު ކޭޓަރިންގ އިން ބުނީ، އެ ވެބްސައިޓުން ހިދުކޮޅެއްގެ ތެރޭގައި ކޯޓޭޝަން ނެގުމާއި، ފަސޭހަކަމާއެކު މެނޫތަކާއި، ހަފްލާބާއްވާ ތަންތަން ބަލައިލުމާއި، ހަފްލާއާއި ގުޅޭ ހިދުމަތްދޭފަރާތްތަކާއި ގުޅުވާލަދޭނެ ކަމަށެވެ.

ކުޑަ ހިދުކޮޅަކުން ކޯޓޭޝަންނެގޭ އިންޖީނު

މިއީ ކެޓަރިން ކޯޑިނޭޝަން ފަސޭހަ ކުރުމަށް ފަރުމާކޮށްފައިވާ އިންސްޓޭންޓް އިންޖީނެކެވެ. ހިދުމަތްހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ކޭޓަރިން ބޭނުންތައް އެންޓަ ކޮއްލުމުން  ކުޑަހިނދުކޮޅެއްގެ ތެރޭގައި ޕާސަނަލައިޒްޑް ކޯޓޭޝަނެއް ލިބިގެންދާއިރު، މިއީ  ތަކުލީފެއްނެތް އަދި ފުރިހަމަ ކޭޓަރިން ތަޖުރިބާއެއް ކަސްޓަމަރުނަށް ފޯރުކޮށްދިނުމަށް ހޯދައިދިން ލުއި ފަސޭހައެއް ކަމަށް ބުރުޒު ކޭޓަރިންގ އިން ބުނެއެވެ.

ކޮންމެ މުނާސަބަތަކަށް ވެސް ތައްޔާރުކޮށްފައިވާ މެނޫތަކާއި ހަފްލާ ބާއްވާތަންތަން

ބުރުޒު ކޭޓަރިން ސާވިސަސް އިން އެކި މުނާސަބަތުތަކަށް  ތައްޔާރު ކޮށްފައިވާ މެނޫތަކާއި ހަފްލާ ބާއްވާތަންތަން ވެބްސައިޓުން ދައްކާލާއިރު، އޭގެ ތެރޭގައި ވެޑިން ރިފްރެޝްމަންޓް، ވެޑިން ޑިނަރ، ކޯޕަރޭޓް ޑިނަރ، ގާލާ މެނޫ، ހިތާނީ މެނޫ، ސިޔާސީ، ސެމިނާ އަދި ކޯޕަރޭޓް މެނޫތައް ހިމެނެ އެވެ.

މަތީފަންތީގެ ޖާފަތް ތައްޔާރުކުރުމުގެ ތަޖުރިބާއާއެކު ތައްޔާރުކޮށްފައިވާ މި ހުށަހެޅުންތަކުން މީރުކެއުން ތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ބުރުޒު ކޭޓަރިންގ އިން ދެއެވެ. އަދި މިއީ ކޮންމެ ހަފްލާއަކަށް ވެސް ތަފާތު އަދި އެހަފްލާގެ ހަނދާންތައް  އާކޮއްދޭނެ ތަޖުރިބާއެއްކަން ކެއުންތަކުން ކަށަވަރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެއްބާރުލުންދޭ ޕާޓްނަޝިޕްތަކަށް ފުރުސަތުގެ ދޮރުތައް ހުޅުވުން

ބުރުޒު ކޭޓަރިން ސާވިސަސް އިން އިސްނަގައިގެން، ކަސްޓަމަރުން ބޭނުންވާނޭ ޚިދުމަތްދޭ ފަރާތްތަކާ ގުޅިގެން ބުރުޒު ކޭޓަރިން މަސައްކަތް ކުރުމަށް، ހިދުމަތްދޭ ފަރާތްތަކަށް ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ޚިދުމަތްދޭ ފަރާތްތަކަށް ހިލޭ ބައިވެރިވެވޭއިރު، މީގެ ސަބަބުން އެފަރާތްތަކަށް އާ ކަސްޓަމަރުން ހޯދުމަށް ފުރުސަތު ހުޅުވިގެންދާނެކަން ބުރުޒު ކޭޓަރިންގ އިން ފާހަގަކޮށްފައިވެއެވެ.

ބުރުޒު ކޭޓަރިން ސާވިސަސް އަކީ ސަރުކާރާއި، އަމިއްލަ ކުންފުނިތަކާއި އަދި ފަރުދީ އަމިއްލަ ފަރާތްތަކުގެ މަތީފަންތީގެ ހަފްލާތަކަށް ޖާފަތް ފޯރުކޮއްދިނުމުގައި ފާހަގަކޮށްލެވޭ މަތީފަންތީގޭ ކެޓަރިން ކުންފުންޏެކެވެ.

ބުރުޒު ކޭޓަރިން ސާވިސަސް އިންދަނީ، މަތީފަންތީގެ ކެއުންބުއިމުގެ ހިދުމަތް، ޕާސަނަލައިޒްޑް އިވެންޓް ޕްލޭނިން، އަދި ހިދުމަތް ފޯރުކޮއްދޭ ފަރާތްތަކާ ގުޅިގެން އެއްބާރުލުން ދިނުމަށް ޓެކްނޮލޮޖީގެ ގޮތުން އީޖާދީ ބަދަލުތަކެއް ގެންނަމުންނެވެ.

ބުރުޒު ކޭޓަރިންގ އާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް http://www.buruzu.com އިން ލިބޭނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް