ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުގެ ތަފްސީލަކީ މީޑިޔާއަށް އާންމުކުރާ މައުލޫމާތެއް ނޫން: ތަރުޖަމާނު
ރައީސުލްޖުމްހޫރީޔާގެ ދަތުރުފުޅުތަކުގެ ހަރަދު ތަފްސީލަކީ މީޑިޔާއަށް އާންމުކުރާ މައުލޫމާތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ހޫދު ވިދާޅުވެއްޖެއެވެ.
ހޫދު މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ޚަރަދުތައް އިތުރުވަމުންދާއިރު ރައީސްގެ ދަތުރުފުޅަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިހާރު އާންމުވެފައިވާ އަދަދަށް ވުރެ ޚަރަދުވެގެން ދިޔަ އަދަދު މާބޮޑަށް ވެސް ކުޑަ ވާނެ ކަމަށާއި ބައެއް ފަރާތްތަކުން މިދަތުރުފުޅުގައި 30 އޮފިޝަލުން ބައިވެރިކޮށްފައިވާ ވާހަކައަކީ ވެސް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ހޫދު ވިދާޅުވިއެވެ.
ބައެއް މީޑީއާތަކުން ވަނީ އދ ގެ ޢާންމު ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖެއިން 30 ބޭފުޅުންގެ ވަފުދެއް ގޮސްފައިވާކަމަށް ރިޕޯޓުކޮށްފައެވެ. މިކަމާ ބެހޭގޮތުން ހޫދު ވިދާޅުވެފައިވަނީ ފަނަރަ އޮފިޝަލުންނަށް ވުރެވެސް ރައީސްގެ ދަތުރުފުޅުގެ ބައިވެރިންގެ އަދަދު މަދުވާނެ ކަމަށާއި ރާއްޖެ ތަމްސީލް ކުރައްވާ މަންދޫބުންގެ ތެރެއިން ބައެއް ބޭފުޅުންނަކީ އެމެރިކާގައި ހުންނަ ދިވެހި އެމްބަސީގެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި މިނިސްޓަރުން ރާއްޖެއިން ބޭރަށް ގިނަ އަދަދަކަށް ދަތުރުތައް ކުރައްވާ ކުރެއްވުމަށް ޢާންމުންގެ ގިނަ ބަޔަކު އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންވެސް ހިމެނިވަޑައިގެންނަވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް