ސައިކަލެއްގައި ދިޔަބަޔަކު، މަގުމަތީ ހުރި މީހަކަށް މަރުތޭލައަކުން ހަމަލާދީފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ސައިކަލެއްގައި ދިޔަ ބަޔަކު މަގުމަތީ ހުރި މީހަކަށް މަރުތޭލައަކުން ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
މިކަމެއް ހިނގާފައިވަނީ ކަނބާއައިސާރަނިހިނގުން، އައިޖީއެމްއެޗް ކައިރީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައިކަލްގައި އެ ސަރަހައްދަށް އައި އެމީހުން ހަމަލާދީފައިވަނީ މަރުތޭލައެއް ބޭނުންކޮށްގެންނެވެ. އަދި ހަމަލާދީފައިވަނީ އެމީހާގެ ބޮލަށެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ އައިޖީއެމްއެޗް ކައިރީ މާރާމާރީ ހިންގި މައްސަލައެއް މިރޭ އިރާކޮޅު ގާތްގަނޑަކަށް 20:41 ހާއިރު، ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. ހާދިސާއަށްފަހު އަނިޔާވިމީހާ ފަރުވާދިނުމަށް އައިޖީއެމްއެޗަށް ގެންދިވެފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންދިޔައިރު އެމީހުން ފިލާފައިވާއިރު، އެމީހުން ދިޔައީ ހަމަލާ ދިނުމަށްފަހު އެތަނަށް ސައިކަލް ދޫކޮށްލާފައެވެ. ސައިކަލްގައި އެމީހުންނަށް ދެވޭގޮތް ނުވީ ސްޓާޓްނުވުމުންނެވެ.
ފުލުހުން ބުނީ މި މައްސަލަ އެ މުއައްސަސާއިން ބަލަމުންދާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް