އިސްރާއީލުން ދިމިޝްގަށް ހަމަލާދީ، 3 މީހަކު ޝަހީދުކޮށްލައިފި
ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ސީރިއާގެ ވެރިރަށް ދިމިޝްގަށް ހަމަލާދީ، އާއްމުންގެ 3 މީހަކު ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާގައި އިތުރު 9 މީހުން ޒަޚަމްވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
ސީރިއަން އަރަބް ނިއުސް އެޖެންސީ (ސާނާ) އިން ކުރިން ރިޕޯޓުކޮށްފައިވާގޮތުގައި،، އެ ޗެނަލްގައި މަސައްކަތްކުރި ނޫސްވެރިއެއްކަމަށްވާ ސަފާ އަހްމަދު ވެސް ވަނީ ޔަހޫދީންގެ މި ނިރުބަވެރި ހަމަލާގައި ޝަހީދުވެފައެވެ.
ސީރިއާގެ ވެރިރަށަށް ހަމަލާދީފައިވަނީ، އިސްރާއީލުގެ އަނިޔާވެރި ސިފައިން ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި ދެކޮޅަށް އެގައުމަށް އެއްގައުމު މަގުން އަރައިގަތުމަށްފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.
ލުބުނާނަށް ޔަހޫދީ ފައުޖުން ގަދަކަމުން އަރާފައިވާއިރު،އެގައުމުގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި ޔަހޫދީ ފައުޖުން ދިން ހަމަލާތަކުގައި މަދުވެގެން 95 މީހުން ޝަހީދުވެ، 172 މީހުން ޒަޚަމްވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް