ތިމަރަފުށީގައި މާރާމާރީ ހިންގި މީހުންގެ ވަނަވަރު ހާމަކޮށްފި
ތ.ތިމަރަފުށީގައި މާރާމާރީ ހިންގި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި، މިމަހުގެ 28 ވަނަ ދުވަހު ގެ 13:27 ހާއިރު، ތިމަރަފުށި ގެއަކަށް 5 މީހުން ވަދެ މާރާމާރީ ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިއާއިއެކު، މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މި 5 މީހުން ހައްޔަރުކޮށްފައެވެ. އެއީ:
1)އަހްމަދު އަމީން، 36، ޖަހާމުގުރިގެ/ތިމަރަފުށި
2) އަހްމަދު ޝަހުދީ، 38، ސަލްވާ/ތިމަރަފުށި
3) މުހައްމަދު ރައޫފު، 54، ވ. ވާވަތް/ މާލެ
4) އަބްދުﷲ އަޝްރަފް، 39، ގުލްބަކާ ވިލާ/ތިމަރަފުށި
5) އާސް އިބްރާހިމް، 32، ހިރި/ތިމަރަފުށި
ފުލުހުން ހާމަކުރި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް