މިނިސްޓަރެއްގެ ކާރުކޮޅު ސައިކަލެއްގައިޖެހި އެކްސިޑެންޓް ވެއްްޖެ!
މިނިސްޓަރ އެއްގެ ކާރުކޮޅުން ސައިކަލެއްގައި ޖެހި އެކްސިޑެންޑް ވެއްޖެއެވެ.
އެކްސިޑެންޓް ވެފައިވަނީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާގެ ކާރުކޮޅެވެ. މި އެކްސިޑެންޓް ހިނގިއިރު މިނިސްޓަރު އާތިފާ ކާރުކޮޅުގައި އިންނެވި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ހާމަކުރައްވާގޮތުގައި މި އެކްސިޑެންޓް ގެ ރިޕޯޓް ލިބިފައިވަނީ 9:45 ގައެވެ.
މިއެކްސިޑެންޓް ކާރުގައި ޖެހުނު ސައިކަލް ދުއްވަން އިނީ 24 އަހަރުގެ އަންހެނެކެވެ. އޭނާ އަތުގައި ލައިސަންސް އޮތްނަމަވެސް ލައިސަންސް މުއްދަތު ވަނީ ހަމަވެފައިކަމަށް ފުލުހުން ހާމަކުރައްވައެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް ގެއްލުން ވެފައިނުވެއެވެ.
މިނިސްޓަރުގެ ކާރުކޮޅުގެ ކުރީ ބަފަރުގެ ވާތް ފަރާތުކަން ބަނޑިވުން ނޫން ގެއްލުމެއް މި އެކްސިޑެންޓްގައި ލިބިފައިނުވާކަމަށް ފުލުހުން ހާމަކުރައްވައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް