އިންޑިއާ ސަފީރަކަށް އަޒީމާ އަދި ސަޢޫދީ ސަފީރަކަށް ސަރީރު އައްޔަނު ކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން އިންޑިއާ އަދި ސަޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުން މިއަދު ޢައްޔަން ކުރައްވައިފިއެވެ.
އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަަފީރުކަމަށް، ޢައްޔަން ކުރެއްވީ މާފަންނު ބީނާފުށި، ޢާއިޝަތު ޢަޒީމާއެވެ.
ސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޢައްޔަން ކުރެއްވީ މާފަންނު ވެސްޓްސައިޑް، އަޙްމަދު ސަރީރެވެ.
ސަޢުދީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވި ސަރީރު، އެމަޤާމަށް އައްޔަންކުރެއްވުމާ ހަމައަށް ހުންނެވީ ދިވެހި ޚާރިޖިއްޔާގެ އެމްބެސެޑަރ އެޓްލާޖުގެ މަޤާމުގައެވެ.
އިންޑިޔާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރެއްވި ޢަޒީމާ، މީގެ ކުރިން އަދާކުރައްވަމުންގެންދެވީ، ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް