ދުއްވުން މަނާ ވަގުތު ފުލުހުން ޖޫރިމަނާގެގޮތުގައި 70 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ދުއްވުން މަނާ ވަގުތު ފުލުހުން ޖޫރިމާނާގެ ގޮތުގައި 70 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ފިތުރު އީދާއި ގުޅުވައިގެން ފައި މަގުގައި އުޅޭ ގޮތަށް ހަމަޖެއްސި ވަގުތު ވެހިކަލް ދުއްވި މީހުނަށް 97 މީހަކަށް ފުލުހުން ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
ފުލުހުން ބުނީ ފައިމަގުގައި އުޅެން ހަމަޖައްސާފައިވާ ވަގުތުގައި ދުއްވި 461 ވެހިކަލް ޗެކޮކޮށްފައިވާކަށެވެ. އޭގެތެރެއިން 97 މީހުންނަށް ފިޔަވަޅު އަޅާ 364 މީހުންނަށް ނަސޭހަތްދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެެެއެވެ.
މަނާ ވަގުތު ދުއްވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެކަން ޓްރާންސްޕޯޓް އޮތޯރޮޓީން ބުނެއެވެ. އެހެންކަމުން ޖުމްލަ 72،750ރ ވަނީ ޖޫރިމަނާގޮތުގައި ލިބިފައެވެ.
އީދު ދުވަހުގެ މުނާސަބަތުގައި މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި މިއަދު ހަވީރު 4:00 އިން 6:00 އިންޖީނުލީ އުޅަނދުތައް ދުއްވުން އޮތީ މަނާކޮށްފައެވެ.
ފޮޓޯ: މިހާރު
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް