ހެންވޭރު ފެރީ ޓާމިނަލް... ފޮޓޯ: އެމްޓީސީސީ
ހެންވޭރު ފެރީ ޓާމިނަލް... ފޮޓޯ: އެމްޓީސީސީ
ހަބަރު 11 Mar 2025 | 20:06

ހުޅުމާލެ ފެރީ ޓާމިނަލާއި ހެންވޭރު ޓާމިނަލް ބޭނުންކުރުމަށް 7 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލާއި، ހުޅުމާލެ ފެރީ ޓާރމިނަލް ބޭނުން ކުރުމަށް ހުޅުވާލުމުން ލޯންޗުތައް އޮޕަރޭޓްކުރާ ގިނަ އަދަދެއްގެ ފަރާތްތަކަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އެމްޓީސީސީން ވަނީ މިމަހުގެ 6 ވަނަ ދުވަހު، އަތޮޅުތަކުން މާލެއަށް ލޯންޗު ދަތުރުތައް ބާއްވާ ފަރާތްތަކަށް ހުޅުމާލެ ފެރީ ޓާމިނަލާއި ހެންވޭރު ޓާމިނަލް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ތައްޔާރުވަމުންދާކަމަށް ބުނެފައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން  އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

އެމްޓީސީސީން ބުނީ ލޯންޗުތައް އޮޕަރޭޓްކުރާ 7 ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި އދ އަތޮޅުން ފެންފުށި، މާމިގިލި އަދި ދިއްދޫ ހިމެނެއެވެ. ކ އަތޮޅުން، މާފުށި، ގުޅި، ގާފަރު، އަދި ކާށިދޫ ހިމެނެއެވެ. ބ އަތޮޅުން ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، އަދި ފުޅަދޫ ހިމެނެއެވެ.

އެމްޓީސީސީން ބުނީ މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މި ހިދުމަތް ފެށުމުން ދުވާލަކަށް ޖުމްލަ 15 ފެރީއަށް ޓާމިނަލްތަކުން ހިދުމަތް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސެންޖަރުންނެވެ. އެމްޓީސީސީން ބުނީ ހެންވޭރު ފެރީ ޓާމިނަލުން މިހާރުވެސް އެއްފަހަރަކާ 5 ލޯންޗް އަދި ހުޅުމާލެ ފެރީޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރިކުރެވޭނޭ ކަމަށެވެ. އެގޮތަށް ކައިރިކުރާ ލޯންޗުތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 30 މިނެޓެވެ.

އެމްޓީސީސީން ބުނީ ދަތުރުވެރިން ޓާމިނަލަށް އައި ފުރުމާ ދޭތެރޭ މަޑުކޮށްލުމަށް ޓާމިނަލް އެތެރެ ވަކިބައެއް ހާއްސަކުރެވިފައިވާއިރު، ދަތުރުވެރިންގެ ފަސޭހަޔަކަށް ފާހާނާ އާއި ބޯފެން ލިބޭނޭ އިންތިޒާމު ހަމަޖެހިފައި ހުންނާނޭ ކަމަށެވެ. މީގެ އިތުރުން ޓާމިނަލް ބޭނުންކުރާ ފަރާތްތައް ބޭނުންވާނޭ ގޮތަށް ހިދުމަތްތައް ތަރައްޤީކުރުމަށްވެސް އިސްކަންދޭނޭކަމަށް އެމްޓީސީސީން ބުންޏެވެ.

މާލެ އާއި އަތޮޅު ތަކާއި ދެމެދު ލޯންޗް ފެރީ އޮޕަރޭޓް ކުރާ ފަރާތްތަކުން ލަފާ ފުރުމަށްޓަކައި ހެންވޭރު ފެރީ ޓާމިނަލް އަދި ހުޅުމާލެ ފެރީ ޓާރމިނަލްގެ ބަނދަރު ބޭނުން ކުރުމަށް ހުޅުވާލުމަށް އެމްޓީސީސީން ނިންމީ، ރައީސުލްޖުމްހޫރިުއްޔާގެ އިރުޝާދުގެ ދަށުންކަމަށް އެކުންފުނިން ބުނެއެވެ.

މާލެއަކީ އެކިއެކި ބޭނުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައްހާސް ބަޔަކު އައިސް ގޮސްހަދާ ތަނެކެވެ. އެކަން އެހެން އޮންނައިރު، ލަފާފުރުމުގައި އެ އޮންނަ އުނދަގޫ ކަމަކީ ލޯންޗްތަކުގެ ކައްޕިންނާއި ދަތުރުކުރާ ފަރާތްތައް އަބަދުމެ ދައްކާ ވާހަކައެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...