މޫސުން ވަރަށް ގޯސް؛ ބައެއް ސަރަހައްދަށް ރީނދޫ ސަމާލު ނެރެފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ އިދާރާ (މެޓް) އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އެ ސަރަހައްދަށް ސަމާލު ނެރުނީ 11:00 އިން 15:00 އަށެވެ.
މޫސުމާބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި، މި ސަރަހައްދުތަކުގައި ވައި ގަދަވެ، ގަޑިއަކަށް 28 އިން 35 މޭލުގެ ބާރުމިނުގައި ޖެހޭނެއެވެ. އަދިވިލާގަނޑުގައި ގަޑިއަކު 55 މޭލާ ވައިގަދަވެ، ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް ބުނެ ވަނީ އިންޒާރުދީފައެވެ.
އެހެންކަމުން، މޫސުމާބެހޭ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް