ފުރުމުގެ ތިންގަޑިއިރު ކުރިން ޗެކިންގްވުމަށް އަންގައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދަތުރުކުރައްވާ ފަސިންޖަރުން ފްލައިޓް ނައްޓާލުމުގެ ތިން ގަޑިއިރު ކުރިން ޗެކިންގްވުމަށް އެއަރޕޯޓް ހިންގާ އެމްއޭސީއެލްއިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލްއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ އެކުންފުނިން ނެރުނު ބަޔާނެއްގައެވެ.
އެމްއޭސީއެލްއިން ބުނީ ބަންދު ދުވަސްތަކާ މި ދުވަސްވަރު ދިމާވުމުން، އެއާޕޯޓަށް ވަރަށް ބާރު ބޮޑުވެފައިވާ ކަމަށެވެ. އަދި އެހެންކަމުން ފްލައިޓް ފުރުމުގެ ތިންގަޑިއިރު ކުރިން ޗެކިންވުމަށް އިލްތިމާސް ކުރާ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިދުވަސްވަރު އެއަރޕޯޓަށް ފްލައިޓްތައް ބާރުބޮޑުވުމުގެ ސަބަބުން ފްލައިޓް ޑިލޭވެދާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް