ގައުމީ ފުޓްބޯޅަ ޓީމުން "މަސްދަޅު ހަދިޔާ" ކެމްޕެއިންގައި ބައިވެރިވެއްޖެ
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ފިނި މޫސުމާއި ދިމާކޮށް ސީރިޔާއަށް މަސްދަޅު ކޭސް ފޮނުވުމަށް ކުރިއަށްގެންދާ މަސްދަޅު ހަދިޔާ ކެމްޕެއިންގައި ގައުމީ ފުޓްބޯޅަ ޓީމުން ބައިވެރިވެއްޖެއެވެ.
އެގޮތުން މާލޭގެ ހޮޓެލް ޖެންގައި ކޭމްޕްކުރަމުންދާ އެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ވަނީ އެ ކެމްޕެއިންގައި މިއަދު ބައިވެރިވެފައެވެ.
އިންޓަރނޭޝަަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން މައުލޫމާތު ދިންގޮތުގައި "މަސްދަޅު ހަދިޔާ" ނަމުގައި ހިންގާ މި ހަރަކާތަކީ ފިނި މޫސުމާއި ދިމާކޮށް ދަތިހާލުގައި އެގައުމުގައި އުޅޭ ފަރާތްތަކަށް ދިވެހިންގެ ފަރާތުން އެހީވުމަށް ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށެވެ.

ތުރުކީގެ ހިއުމަން ރިލީފް ފައުންޑޭޝަނާއި ގުޅިގެން ކުރިއަށް ގެންދެވޭ މި ހަރަކާތުގައި ބައިވެރިވުމަށް ބީއެމްއެލް އިސްލާމިކްގައި ހުޅުވާފައިވާ އައިއޭސީގެ އެކައުންޓަށް މަސްދަޅު ކޭހަށްވާ ފައިސާ ޖަމާކުރެވިދާާނެއެވެ.
މި ކެމްޕެއިންގައި ހިމެނެނީ 1/4ކޭސް، ބައި ކޭސް އަދި ފުލް ކޭހެވެ.
މި ކެމްޕެއިންގެ ޒަރިއްޔާއިން ލިބޭ މަސްދަޅުތައް ތުރުކީއަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ކަނޑުމަގުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް