ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެ
އދ.މާމިގިލީގައި ޕިކަޕެއްގައި ރޯވެ ބިދޭސީއެއްެގެ ފައި ފިހިއްޖެއެވެ.
މި ހާދިސާ ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 4:35ގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަލިފާން ރޯވި ޕިކަޕަކީ އެރަށުގައި މަދިރި ކޮންޓްރޯލް ކުރުމަށް ބޭސް ޖެހުމަށް ޑީސަލް އަދި ޕެޓްރޯލް އަޅާފައި ހުރި ވެހިކަލެކެވެ.
މި ޕިކަޕުގައި ރޯވި އަލިފާންގަނޑު އަވަހަށް ނިއްވާލިއިރު، އެ ބިދޭސީ މީހާއަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް