މުރައިދޫ ގެއަކުން މަސްތުވާތަކެތި ހޯދައި ދެ މީހަކު ބަންދުކޮށްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހއ. މުރައިދޫން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ / ކިނާރާ މުޙައްމަދު ޢާޝިރު (35އ) އާއި އެ ރަށު ވެނީލާގެ މުޙައްމަދު ޒައިން ޙަސަން (19އ) އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުރައިދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ބަލައިފާސްކުރުމުގެ އަމުރެއްގެ ދަށުން ގެއެއް ބަލައިފާސްކުރުމަށްފަހުގައެވެ.
އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 4.5 ގުރާމު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހއ. ދިއްދޫ ޕޮލިސް ގުޅިގެންނެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް