ނައިބު ރައީސް ހިލާލީގެއަށް ބަދަލުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެމަނިކުފާނުގެ ދިރިއުޅުއްވުން ހިލާލީގެއަށް ބަދަލުކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަައިބު ރައީސް ފައިސަލްެއާއި އެބޭފުޅާގެ އާއިލާގެ ދިރިއުޅުއްވުން އެގެއަށް ބަދަލުކުރައްވާފައިވަނީ އިއްޔެ ހަވީރުއެވެ.
ހިލާލީގެއަށް ނައިބު ރައީސްގެ ދިރިއުޅުއްވުން ބަދަލުކުރައްވާފައިވަނީ ބައެއް މަރާމާތުތަކާއި އެކުގައެވެ.
މިއަހަރަށް ފާސް ކުރި ދައުލަތުގެ ބަޖެޓުން ނައިބު ރައީސްގެ ރަސްމީ ގެކޮޅަށް މި އަހަރު ހަރަދު ކުރަން 2.5މިލިޔަން ރުފިޔާ ވަނީ އެކަށައަޅާފައެވެ.
އެންމެ ފަހުން ހިލާލީގޭގައި ދިރިއުޅެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް