ނަތަންޔާހޫ؛ ފޮޓޯ / އީޔޫ ނިއުސް
ނަތަންޔާހޫ؛ ފޮޓޯ / އީޔޫ ނިއުސް
ދުނިޔެ 27 Apr 2026 | 07:35

ނަތަންޔާހޫ މިއަދު ޝަރީއަތުގައި ބަޔާންދޭން އޮތްނަމަވެސް ފަހުވަގުތު ކެންސަލް ކޮށްފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދަޢުވާތަކާ ގުޅިގެން މިއަދު ކޯޓުގައި ދޭން އޮތް ބަޔާން، ޝަރީއަތް ފެށެން ގަޑިއިރަކަށް ވެފައި ވަނިކޮށް ކެންސަލްކޮށްފިއެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝަރީއަތް ކެންސަލްކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ. މިއީ ނަތަންޔާހޫގެ ވަކީލު އަމިތު ހަދާދު އެދިވަޑައިގަތް ގޮތަށް ނިންމި ނިންމުމެއް ކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ ތެރޭގައި ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން އަމާނާތްތެރިކަން އިސްނުކުރުމުގެ ކުށުގެ ދައުވާތައް ހިމެނެއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށްދާ އަދި އެކި ފަހަރު މަތިން ލަސްވަމުން އަންނަ ޝަރީއަތެކެވެ.

މިއަދުގެ އަޑުއެހުމަކީ ނަތަންޔާހޫގެ މައްޗަށް ކުރެވޭ މި ޖިނާއީ ތަހުގީގުތަކުގެ ތެރެއިން އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް ލިބުނު ފުރުސަތެކެވެ. ނަމަވެސް ކޯޓަށް ހާޒިރުވާން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް މިކަން ވަނީ މަޑުޖައްސާލާފައެވެ.

މި ޝަރީއަތަކީ އިސްރާއީލުގެ ސިޔާސީ މަޝްރަހުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ މައްސަލައެކެވެ. މިއަދު ކެންސަލް ކުރެވުނު ބަޔާން ދިނުމުގެ ކަންތައް ދެން ކުރިއަށްދާނެ ތާރީޚެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އިސްރާއީލުގެ ރައީސް ގެ ކިބައިން ނަތަންޔާހޫއަށް އަދަބު ނުލިބޭނެ ގޮތަށް މި މައްސަލަ ކެންސަލް ކުރުމަށް އެކިފަހަރުގެ މަތިން އެދިފައެވެ. އަދި ގިނަބަޔަކު ދެކޭ ގޮތުގައި، އިސްރާއީލުން މެދުއިރުމަތީގައި މިހާރު ކުރިއަށް ގެންދަމުންދާ ހަނގުރާމަތަކަކީ ނަތަންޔާހޫ އިސްރާއީލުގައި އިންތިހާބެއް ބޭއްވުމަށް ހުރަސް އެޅުމުގެ ގޮތުން ކުރަމުންދާ ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް