ހުޅުމާލޭގައި ބީއެމްއެލްގެ އޮފީސް އިމާރާތެއް އަޅަނީ
ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެކުންފުނީގެ އޮފީހެއް އެޅުމަށް ނިންމައިފިއެވެ.
މި އޮފީސް އެޅުމަށް ބޭނުންވާ ބިން އެކުންފުންޏަށް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަންގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ. ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޓިމް ސޯޔަރ އެވެ.
އެޗްޑީސީން މައުލޫމާތުދޭގޮތުގައި މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މި އިމާރާތް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އިމާރާތް ތަރައްގީކުރުމަށް ހަަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައިވާ އަމީން އެވެނިއުއާއި އިންވެގެންނެވެ.
ހުޅުމާލޭގެ ބޮޑުވަމުންދާ އާބާދީއާއި އެއްވަރަށް އެރަށުގައި ބޭންކްގެ ޚިދުމަތްތައް ފޯރުކޮށްދެމުން ނުދިއުމަކީ އާންމުންގެ ތެރެއިން ގިނަބަޔެއްގެ ޝަކުވާއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް