ޕަޕުއާ ނިއުގިނީއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ!
ޕަޕުއާ ނިއުގިނީއަށް 6.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ، ނިއު ބްރިޓަން ޖަޒީރާގެ ކިމްބޭގެ އިރުދެކުނު އިރުމަތިން ގާތްގަނޑަކަށް 110 ކިލޯމީޓަރު (68 މޭލު) ދުރުން ކަމަށެވެ.
އެހެންނަމަވެސް ބިން ހެލުމުގެ ސަބަބުން ސުނާމީގެ އިންޒާރެއް ކަމާބެހޭ ފަރާތްތަކުން ދީފައެއް ނުވެއެވެ. މިގޮތުން ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ނެރުނު ބަޔާނެއްގައި ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް ބުނެފައިވާއިރު، ބިން ހެލުން އައި ވަގުތު ގެއްލުމެއް ލިބިފައިވާ ކަމަށް ލޯކަލް ރިޕޯޓެއް ވެސް ލިބިފައެއް ނުވެ އެވެ.
ޕަޕުއާ ނިއުގިނީއަށް މިދިޔަ މަހުވެސް 6.9 މެގްނިޓިއުޑް ގެ ބިން ހެލުމެއް އައިސްފައިވާއިރު، އެ ބިން ހެލުމުގައި އެގައުމުގެ 5 މީހަކު މަރުވެފައިވާއިރު، 1،000 ގެއެއް ވަނީ ބިމާއި ހަމަވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް