އަލިފާން ރޯވީ އޭސީގެ އިންޑޯ ޔުނިޓެއްގައި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިރޭ އަލިފާނުގެ ހާދިސާ ހިނގީ އޭސީއެއްގެ އިން ޑޯ ޔުނިޓްގައި ރޯވެގެން ކަމަަށް ސިފައިން ބުނެފި އެވެ.
އަލިފާނުގެ ހާދިސާ ހިނގީ މާފަންނުގައި ހުރި ޓްރެވަލް އެޖެންސީއެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ މާފަންނު ގައި ހުރި ޓްރެވަލް އެޖެންސީ އަކުން ދުންއަރާތީ ރިޕޯޓެއް ލިބިގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަލިފާން ރޯވެފައި ހުރީ އޭސީއެއްގެ އިންޑޯ ޔުނިޓްގައި ކަމަށާ ސިފައިން ދިޔައިރުވެސް އަލިފާން ނިއްވާލާފައިވާ ކަމަަށެވެ.
އަދި ދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް