ސޮނެވާ ޖާނީ ފަޅުތެރެއިން ފެނުނު ގަބުރަކީ ކާކުކަން އަދި ނޭނގޭ: ފުލުހުން
ނ.އަތޮޅުގައި ހިންގާ ސޮނެވާ ޖާނީ ރިސޯޓްގެ ފަޅުތެރެއިން ފެނުނު ގަބުރަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ވޮއިސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސޮނެވާ ޖާނީން ފެނުނު ގަބުރަކީ ކޮން ފަރާތެއްގެ ގަބުރެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށެވެ.
މި ގަބުުރު އެ ރިސޯޓްގެ ފަޅުތެރެއިން ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައެވެ. އަދި އެ ގަބުރުގެ ގައިގައި ވާފަށެއް ކަހަލަ އެއްޗެއް އައްސާފައި އޮތްއިރު، ދުވަސްވުމުގެ ސަބަބުން އެ ގަބުރުގެ އަތާއި ފައި ވަނީ ގިރައިގެން ގޮސްފައެވެ.
ފާހަގަކޮށްެލެވޭ ގޮތުގައި ގެއްލުވާލާފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގެ ތަފްސީލްތައް އާންމުކުރުމުން، މި ގަބުރަކީ ރިޟްވާންގެ ހަށިގަނޑަށް ވެދާނެތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް