ޤަތަރު އެއާވޭސްގެ ފްލައިޓެއް
ޤަތަރު އެއާވޭސްގެ ފްލައިޓެއް
ވިޔަފާރި 13 Sep 2026 | 10:41

ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މިއަންނަ ފިނި މޫސުމާ ދިމާކޮށް، ގަތަރު އެއާވޭޒްއިން ދޯހާ އާއި މާލެއާ ދެމެދު ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

އެ އެއާލައިނުން ބުނެފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 25 ހުން ފެށިގެން ދޯހާ އާއި މާލެއާ ދެމެދު މިހާރު ހަފުތާއަކު ކުރަމުންދާ 12 ދަތުރު، 21 ދަތުރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. މިއީ ކުރިއާ އަޅާބަލާއިރު 75 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެ އެއާލައިނުން ބުންޏެވެ. މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.

މި ނިންމުމަކީ 2026-2027 ގެ ފިނި މޫސުމާ ދިމާކޮށް ގަތަރު އެއާވޭޒްގެ ބައިނަލްއަގުވާމީ ވިއުގަ ފުޅާކުރުމަށް ކުރިއަށްގެންދާ ހާއްސަ މަޝްރޫއުގެ ބައެކެވެ. މި މަޝްރޫއުގެ ދަށުން އެ އެއާލައިނުން ދުނިޔޭގެ 170 އަށްވުރެ ގިނަ މަންޒިލަށް ދަތުރުތައް ފުޅާކުރުމަށް ރާވާފައިވާކަމަށް ޤަތަރު އެއާވޭސްއިން ބުންޏެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، ދަތުރުތައް އިތުރުވުމަކީ ބައިނަލްއަގުވާމީ މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން އައުމަށް ލިބޭނެ ބޮޑު ފަސޭހައެކެވެ. ހަމައެއާއެކު، ވިޔަފާރި ބޭނުންތަކަށާއި އެހެނިހެން ބޭނުންތަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ވެސް، ދޯހާ މެދުވެރިކޮށް ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ފަހިވެގެންދާނޭކަމަށް ޓޫރިޒަމް ސިނާއަތުން ފާހަގަކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް