އަދީބު މިނިވަން ވެއްޖެ
ކުރީގެ ނައިބް ރައީސްގެ މައްޗައްކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ތަންފީޒުކުރަމުން ދިޔަ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކުރުމުން، އަދީބް ގެ މައްޗައް އިއްވާފައިވާ ހުރިހާ ޖަލު ހުކުމް ތަކުން އޭނާ ސަލާމަތްވެ މިނިވން ވެއްޖެއެވެ.
އެ ޙުކުމް ބާތިލް ކުރި ނަމަވެސް ހައިކޯޓުން ވަނީ މައްސަލަ އަލުން ބަލަން އަމުރު ކޮށްފައެވެ.
އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވާފައި އޮތް 33 އަހަރުގެ ޖަލު ޙުކުމްތަކުގެ ތެރެއިން ދެ ޙުކުމެއް ކުރިން އޮތީ ބާތިިލް ކޮށްފައެވެ.
އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް މި ހަފުތާގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ލޯންޗުކޮޅު ގޮވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އެހެން ނަމަވެސް އަދީބު އަދިވެސް ހުންނެވީ ގޭބަންދުގައެވެ. ސަބަބަކީ އޭނާ ގޭބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެފައިވުމާއި އަދި ސުޕްރީމް ކޯޓުން އެ އަމުރަށް ތާއީދުކޮށްފައި ވާތީއެވެ.
ތަފުސީލް އަންނަނީ…
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް