އެމްއާރްއެމް ވަރަށް އަވަހަށް ރަޖިސްޓްރީކުރަނީ
މިމަހުގެ ތެރޭގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް ރަޖިސްޓަރކުރުމަށް ހުށައަަޅާނެކަމަށް އެ ހަރަކާތުން ބުނެފިއެވެ.
ރާއްޖޭގެ މީޑިޔާތަކަށް މައުލޫމާތުދެއްވަމުން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވަނީ އީދު ބަންދަށްފަހު އެ ޕާޓީ ރެޖިސްޓަރކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާނެކަމަށް ވިދާޅުވެފައެވެ. އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެންބަރުން ވަނީ ހަމަކޮށްފައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުން އިސްވެ ތިބެ އުފައްދާ އެމްއާރްއެމް އުފެއްދުމުގެ ހުއްދަ މިވަގުތު އޮތީ އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫންގެ އަތްޕުޅުގައެވެ.
އަލީމް ވިދާޅުވީ އެމްއާރްއެމް ރަޖިސްޓަރކުރުމުގެ ކަންކަން ލަސްވެގެން ދިޔައީ ޕާޓީ އުފެއްދުމަށް ދިން މުއްދަތުގައި މަޖިލިސް އިންްތިޚާބާއި ރަމަޟާން މަސް އައުމުންނެވެ.
މިއީ ރައީސް މައުމޫން އިސްވެ އުފައްދަވާ ތިންވަނަ ސިޔާސީ ޕާޓީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް