ވޯޓުލުމުގެ ކަންކަންވެސް ބައެއް މީހުންނަށް ޖޯކަކަށް!
މަޖިލިސް އިންތިޚާބުގެ ވޯޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާއިރު، މީސް މީޑިޔާގެ ވަސީލަތްތަކުން ދަނީ ވޯޓުލުމުގެ ފޯރީގެ ވާހަކަ ދައްކަމުންނެވެ.
ރިޔާސީ އިންތިޚާބާއި އަޅާބަލާއިރު، މީހުން ވޯޓުލާ ނިސްބަތުން މިއީ ވަނދު އިންތިޚާބެއްގެ ގޮތުގައި ސިފަކުރެވުނަސް ބައެއް މީހުން ދަނީ ވޯޓުލުމުގެ މޮޅެތި އުކުޅުތަކާއި އެކު އިންތިޚާބުގެ ކަންކަން ގާތުން ބަލަމުންދާ ފަރާތްތައް ހެއްވާލަމުންނެވެ. އިންތިޚާބުގެ ފޯރީގެ ވަނދުކަން ފޮޅުވުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން މީސް މީޑިޔާގައި ދައުރުވަމުންދާ އެއް ފޮޓޯގައި މީހަކު ވަނީ ހުސްގަޔާ ހުރެ ވޯޓުލާފައެވެ. އެމީހާ ހުސްގަޔާހުރެ ވޯޓުލުމުގެ ހުއްދަ ވޯޓުފޮށީގެ ވެރިޔާ ދިނީ ކީއްވެތޯ ގިނަބަޔަކު ދަނީ ސުވާލުކުރަމުންނެވެ.
މީގެ އިތުރުން އެހެން މީހަކު ވަނީ ވޯޓުލުމުގެ ކުރިން ވަރަށް ބާރަށް އައޫޒު ބިސްމި ކިޔުމަށްފަހު ވޯޓުލާފައެވެ. ބެލެވޭ ގޮތުގައި މި ދެ މަންޒަރުގެ ފޮޓޯއާއި ވީޑިޔޯ އަޕްލޯޑްކޮށްފައިވަނީ ކެނޑިޑޭޓުންގެ އޮބްޒާވަރުންނެވެ.
މި އަމަލުތަކާއި ގުޅިގެން އީސީން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް