ބެންކޮކްގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައި-- ފޮޓޯ: އޭޕީ
ބެންކޮކްގެ ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައި-- ފޮޓޯ: އޭޕީ
ދުނިޔެ 27 Jan 2025 | 07:05

ތައިލެންޑްގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެ 350 އަށްވުރެ ގިނަ ސްކޫލު ބަންދުކޮށްފި

ތައިލެންޑްގެ ވެރިރަށް، ބެންކޮކްގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެ، 350 އަށް ވުރެ ގިނަ ސްކޫލް ބަންދުކޮށްފިއެވެ.

ސްކޫލުތައް ބަންދުކުރުމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދީފައިވާއިރު، އެއާ ކޮލިޓީ އިންޑެކްސް (އޭކިއުއައި) 159 އަށް އެރުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. އަދި އެ ސިޓީގައި 6 ފުރޮޅުލީ އުޅަނދު ދުއްވުންވެސް ވަނީ މަނާކޮށްފައެވެ.

100 އަށް ވުރެ މައްޗަށް އޭކިއުއައި ގޮސްފިނަމަ އެއީ ނުރައްކާތެރި މިންވަރެއް ކަމަށް ބެލެވޭއިރު، މިދިޔަ ހުކުރު ދުވަހު ބެންކޮކްގެ އޭކިއުއައި ވަނީ 185 އަރާފައެވެ.

މި ހާލަތާއި ގުޅިގެން ބެންކޮކް އޮތީ މިވަގުތު ދުނިޔޭގައި އެންމެ ވައި ނުސާފު ސަރަހައްދުތަކުގެ 8 ވަނައިގައެވެ.

މިއީ ކުނި އެންދުމާއި، ދުއްވާ އުޅަނދުތަކުނެ ބޭރުވާ ގޭސްތަކުގެ ސަބަބުން ކުރިމަތިވި ހާލަކަށްވާއިރު، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މަހެއްގެ ތެރޭގައި މިކަން ކޮންޓްރޯލް ނުވެއްޖެނަމަ، އެގައުމަށް ގާތްގަނޑަކަށް 177 މިލިއަން ޑޮލަރުގެ ގެއްލުންވެދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް