ގަވާއިދާއި ޚިލާފަށް ބިދޭސީން ރެކްރޫޓް ކުރަމުންދިޔަ މީހަކު ޑީޕޯޓްކޮށްފި
ދިވެހިރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރަމުންދިޔަ ބަންގްލަދޭޝްގެ މީހަކު ޑިޕޯޓްކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ފުލުހުންނާއި ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާއި ޚިލާފަށް ބިދޭސީން ރެކްރޫޓްކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ އަދި ގަވާއިދާއި ޚިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ.
މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވަނަމަކަށް "މާސްޓާ" ކިޔާ ބަންގްލަދޭޝްގެ 49އަހަރުގެ އެމްޑީ ޝަފީގުލް އިސްލާމް ކިޔާ ފިރިހެނެއްކަމަށެވެ.
މި މީހާ މިއަދު ވަނީ ރާއްޖެއިން ޑިޕޯރޓްކުރެވިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް