މާލޭ މަގުމަތީން ޚަބަރު ހުސްވެެފައި އޮތް މީހެއް ފެނިއްޖެ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ މަގުމަތީން ޚަބަރު ހުސްވެފައިއޮތް ދިވެހި ޒުވާނެއް ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނީލޯފަރު މަގު ގޯޅިގަނޑެއްގައި މީހަކު ޚަބަރު ހުސްވެފައި އޮތް ކަމަށް މިއަދު ފަތިހު 5:27 ގައި އެ އިދާރާއަށް ރިޕޯޓް ކޮށްފައިވެއެވެ.
އެއީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ، އެމީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއާއެކު އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް