ފުރުން މަނާކޮށްފައިވާ މީހަކު އިމިގްރޭޝަންގެ އިހުމާލުން ފުރި މައްސަލައެއް ބަލަނީ
ކޯޓުއަމުރެއްގެ ދަށުން ފުރުން މަނާކޮށްފައިވާ ފަރާތެއް ފުރި މައްސަލަ އިމިގްރޭޝަނުން ބަލަން ފަށައިފިއެވެ.
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އަންހެންމީހަކު އޭނާގެ ދަރިފުޅު ގޮވައިގެން ފުރުން މަނާކޮށް އަމުރެއް ނެރެފައިވަނީ ހަޟާނާތުގެ މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުންނެވެ. މި މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ އަންހެންމީހާ އޭނާގެ ދަރިފުުޅު ގޮވައިގެން ފުރުން މަނާކޮށް އަމުރެއް ނެރުނީ 26 ސެޕްޓެމްބަރު ވީ ދުވަހުގައެވެ.
ނަމަވެސް އެ އަމުރު ނެރެފައި އޮއްވާ އެ އަންހެންމީހާ ވަނީ އޭނާގެ ދަރިފުޅު ގޮވައިގެން މިމަހުގެ އެއްވަނަ ދުވަހު އިނގިރޭސިވިލާތަށް ފުރާފައެވެ.
ފެމިލީ ކޯޓުގެ އެ އަމުރު ސަރުކާރުގެ ޖެމްސް ސިސްޓަމް މެދުވެރިކޮށް ލިބުނުކަމަށް އިމިގްރޭޝަނުން ވަނީ ޔަގީންކޮށްދީފައެވެ.
ނަމަވެސް އެ އަމުރު ތަންފީޒު ނުކުރެވުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ފޮޓޯ: ރާއްޖެ.އެމްވީ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް