އެމެޒޯން ޖަންގަލީގެ އަލިފާނާއި މެދު ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުުކުރައްވައިފި
ބްރެޒިލްގެ އެމެޒޯން ޖަންގަލީގެ ބޮޑުބަޔެއްގައި ރޯވެފައިވާ އަލިފާން ގަނޑާއި މެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވީ އެމެޒޯން ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑާއި މެދު ވަރަށް ބޮޑަށް ހިތާމަކުރައްވާކަމަށެވެ.
އެ ޖަންގައްޔަކީ ދުނިޔޭގެ އޮކްސިޖަންގެ 20އިންސައްތަ އުފައްދާ ތަނަށް ވީހިނދު، އެއީ މި ދުނިޔޭގެ ފުއްޕާމޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.
އަދި ތިމާވެށީގެ ނާޒުކު ހާލަތެއް އޮތް ގައުމެއްގެ ގޮތުން އެމޭޒަން ރައްކާތެރިކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް ދިވެހިރާއްޖެއިން ދުނިޔެއަށް ގޮވާލާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް