ހިޔާ ފްލެޓްތެރޭ، ގުރޫޕަކުން މީހަކަށް އަނިޔާކުރި މައްސަލަ ބަލަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތެރޭގައި މީހަކަށް ގުރޫޕަކުން އަނިޔާކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެކަން ތަހުގީގު ކުރަން ފަށައިފިއެވެ.
ތިން މީހަކު އެކުލެވޭ ގުރޫޕަކުން ފިރިހެނަކަށް ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯއެއް ވީޑިއޯއެއް އާއްމުވެފައިވާއިރު، އެއީ ކޮން ބައެއް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ހިޔާ ފްލެޓްގެ ކޯރިޑޯއެއްގައި މީހަކަށް އަނިޔާކުރާ ވީޑިއޯ ޖޫން 19 ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އާއްމުވި ވީޑިއޯ ގެ މައްސަލަ ތަހުގީގު ކުރުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށާއި، ވީޑިއޯ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމަތެއް ފުލުހުންނާއި ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް