ތިނަދޫ ޖެޓީ ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި
ގދ.ތިނަދޫގެ ޖެޓީ ހެދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ މިއަދު ހެނދުނު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. ތިނަދޫގެ ޖެޓީ ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތިނަދޫގެ ޓީ-ޖެޓީ ޑިޒައިނުކޮށް، އެތަން އިމާރާތްކުރުމާއި، އެގޮތުން އެތަނުގައި 130 މީޓަރު ދިގު ކީވޯލެއް ރާނާ، އިންޓަލޮކިން ޕޭމަންޓު އެޅުމާއި، ހާބަރު ސަރަހައްދުގައި ލައިޓު ހަރު ކުރުން ކުރިއަށް ގެންދާނެއެވެ.
180ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލަން ވަނީ ތާވަލްކޮށްފައެވެ.
އެ މަޝްރޫއުއަށް ހިނގާނެކަމަށް ލަފާކުރެވޭ އަދަދަކީ 17.3 މިލިއަން ރުފިޔާ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް