ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު ރައީސް ޢާއްމުކުރައްވައިފި
ޓެރަރިސްޓް ޖަމާއަތް ކަމުގައި ބެލެވޭ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާޢްމުކުރައްވައިފިއެވެ.
ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ކަނޑައަޅައިފައިވެއެވެ.
އެ ޖަމާޢަތްތަކަކީ،
- އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
- އަލް ޤައިދާ
- ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
- ލަޝްކަރޭ ޠައިބާ
- އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
- އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޮކޮ ހަރަމް/ ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
- ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުޙައްމަދު
- އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
- ނޭޝަނަލް ތައުޙީދް ޖަމާޢަތް
- ޖަމާޢަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
ރައީސް ވިދާޅުވީ މިލިސްޓް ޢާއްމުކުރުުމުން ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ހިންގާ ޓެރަރިސްޓު ޢަމަލުތައް ހުއްޓުވުމަށް ބާރަކަށް ވެގްނދާނެކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް