މަސްތުވާތަކެއްޗާއި އެކު އިރާނުގެ ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ ސަރަހައްދުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ އިރާނުގެ ބޯޓެއް އަތުލައިގެންފިއެވެ.
ފުުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ބޯޓު އަތުލައިގެންފައިވަނީ ބ.އަތޮޅުގެ ބޭރުންނެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި ބޯޓަކީ މި ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޯޓެކެވެ. ބ.އަތޮޅު ސަަރަހައްދުން މި ބޯޓު އަތުލައިގަތުމަށްފަހު މާާލޭ ސަރަހައްދަށް މި ބޯޓު ގެނެސް ބަލާފާސްކުރިއިރު، ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައިގައި މިހާތަނަށް ހަތްމީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް