ބަނޑޭރިކޮށީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްމޯޓަމް ހަދަން އިންޑިއާ އަށް ފޮނުވައިފި
މި މަހުގެ 13 ވަނަ ދުވަހު ބަނޑޭރިކޮށީގައި ހުރި ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާފައިވަނީ މިއަދު ކަމަށެވެ.
ބަނޑޭރިކޮށީގައި ހުރި ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށީގައި ހުރި އެޕާޓްމަންޓެއްގެ ތެރެއިންނެވެ. އެއީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ، މަރުވެފައި އޮތް މީހާ ފެނުނު އެޕާޓްމަންޓަކީ މިވަގުތު ބޭނުން ކުރަމުންދާ ތަނެއް ނޫންކަން ފުލުހުންނަށް ޔަގީން ކުރެވިފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް