ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުން އައި ޑާކްރެއިނުގެ ޖަންނަތު އޮލިމްޕަހުގައި މިރޭ ޕްރިމިއާ ކުރުމަށް ނިންމާފައިވާއިރު، ޕްރެމިއާ ޝޯއަށް ބާރުބޮޑުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފިލްމަށް އެހާ ބާރުބޮޑުވީ ފިލްމުގެ ބާވަތުން ގިނަބަޔަކު ފިލްމު ބެލޭ ކެޓަގަރިއެއްގެ ފިލްމަކަށް ވުމުންނެވެ. ޖަންނަތު މި ފިލްމަކީ ހުރިހާ އުމުރުފުރައަކަށްވެސް ބެލޭގޮތަށް ރޭޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލުމާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެންދިޔައިރު، ދެވަނަ ޓީޒާ އާއްމުކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިގެންގޮސްފައެވެ.
ޖަންނަތު މި ފިލްމަކީ އަހުމަދު ތޮލާލް އަދި އާއިޝަތު ފުއާދުގެ ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ބިނާކޮށް އަލީ ޝިފާޢު ޑައިއިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާ ތަރިންނަށް ބަލާއިރު، ޝަރަފް ޢަބްދުﷲ، އާމިނަތު ޝުހާގެ އިތުރުން އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ހިމެނެއެވެ.
މި ފިލްމުގައި ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ބައްޕައަކު އޭނާގެ ދަރިފުޅާއެކު ވުމަށް ކުރާ މަސައްކަތެވެ. ފިލްމުގެ ދެވަނަ ޓްރެއިލާއަށް ބަލާލުމުން މި ފިލްމުގެ ކިތަންމެހާވެސް އަސަރުގަދަވާނެކަން އެނގެއެވެ. ފަނޑިޔާރު މަނިކުފާނުގެ ކުރިފުޅުމަތީގައި ނިޔާ އިއްވުމަށް ތައްޔާރުވަމުން އެދަނީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާގެ ބައްޕައާ އެ ކުއްޖާ ހަވާލުކުރާނީތޯ ނުވަތަ ނޫންތޯއެވެ. ކޮންމެގޮތެއްވިއަސް ފަނޑިޔާރު މަނިކްފާނު އިއްވަވާ ނިޔާ މިރޭ ބެލުންތެރިންނަށް އެނގިގެންދާނެއެވެ.
ފިލްމުގެ ޓިކެޓް ބޭނުންވާ ފަރާތްތަކުން، 9911229 އަށް ވައިބާކޮށްލުމުން ޓިކެޓް ބުކްކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. ޑާކްރެއިން ޓީމުން ދަނީ އަތޮޅުތެރޭގެ ރަށްތަކުގައިވެސް ޖަންނަތު އެޅުވުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން 7779621 ނަމްބަރަށް ގުޅާލުމުން އެކަމުގެ އިންތިޒާމްތައް ހަމަޖެހޭނޭކަމަށް ޑާކްރެއިނުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް