ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ޖާގައެއް ނުދޭނަން: ރައީސް ސާލިހު
ދޭދޭ ގައުމުތަކުގެ މެދުގައި ފިތުނަ އުފެއްދުމަށް ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނައިފަރުގައި އޮތް އެޖެންޑާ19ގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ގައުމުގެ މަސްލަހަތާާއި އަމަންއަމާންކަން ގެއްލުވާލާ، ދޭދޭ ގައުމުތަކުގެ ދެމެދު ފިތުނަ އުފައްދަން ފުރުސަތު ނުދެއްވާނެކަމަށެވެ.
"އަޅުގަނޑުމެންނާ ގާތް ގުޅުންތައް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް އަޅުގަނޑުމެންނެއް ޖާގައެއް ނުދޭނަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ވެރިކަމަށް އައުމަށްފަހު، މައުލޫމާތު ފެތުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައި ހުރި ގާނޫނުތައް ބާތިލުކޮށްފައިވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވިއިރު، ރޭ ޕީއެންސީއާއި އުމަރު ނަސީރު ގުޅިގެން އިންޑިޔާ ސިފައިންނާއި ދެކޮޅަށް ބާއްވަން އުޅުނު "ހުއްޓުވާ" ހަރަކާތް، ހުއްޓުވުމަށް ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް