ފަނޑިޔާރު ދީދީ އާއި ގުޅޭ ސުޕްރީމް ކޯޓުގެ ނިންމުން ޖޭއެސްސީން ބާތިލްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ބާތިލްކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރު ބާތިލްކަމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިރޭ އޮތް އެ ކޮމިޝަންގެ ބައްދަލުވުމުގައި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
މިއާއި އެކު ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދަމަހައްޓަންވެސް ވަނީ ނިންމާފައެވެ.
ޖޭއެސްސީން މިގޮތަށް ނިންމާާފައިވަނީ އެކޮމިޝަނުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 8މެންބަރުންގެ ތެރެއިން، ރިޔާސަތު ފިޔަވައި ހަތް މެންބަރުން ވޯޓުލެއްވިއިރު، ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ބާތިލްކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ޖޭއެސްސީގެ ދުސްތޫރީ އަދި ގާނޫނީ ވާޖިބަށް ހުރަސް އަޅާ އަމުރެއްކަަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް