ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މިއަދު މޫސުމާ ބެހޭ މުޅި ރާއްޖެއަށް އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހަވީރު 15:30 އިން ފެށިގެން 21:30 އާ ހަމައެވެ.
އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާ ކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މިހާރު ރާޢްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގައި، އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބެމުންދާއިރު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް