އިޓަލީގެ ބޮޑުވަޒީރު
އިޓަލީގެ ބޮޑުވަޒީރު
ދުނިޔެ 21 Sep 2026 | 03:57

އިޓަލީގެ ސްކޫލްތަކުގައި މޫނުބުރުގާ މަނާކުރާނެ ކަމަށް ބޮޑުވަޒީރު މެލޯނީ ބުނެފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އިޓަލީގެ ސްކޫލްތަކުގައި މޫނު ބުރުގާ އެޅުން މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ ފިޔަވަޅެއް ސަރުކާރުން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް ބޮޑުވަޒީރު ޖޯރްޖާ މެލޯނީ ބުނެފިއެވެ.

ރޯމުގައި ބޭއްވި ޖޮވެންޓޫ ނެޝޮނާލޭ ޤައުމީ ފެސްޓިވަލްގައި ބްރަދާޒް އޮފް އިޓަލީ ޕާޓީގެ ޒުވާނުންގެ ގޮތްޕާ މުޚާޠަބުކޮށް މެލޯނީ ބުނީ މި ފިޔަވަޅުގެ ދަށުން ސްކޫލް ނިޒާމާ އެކަށީގެންވާ ގޮތެއްގައި ގުޅެން ދަތިވާ ބިދޭސީ ދަރިވަރުންގެ ބެލެނިވެރިންނަށް އިޓަލީ ބަހުގެ ފިލާވަޅުތައް ލާޒިމުކުރާނެ ކަމަށެވެ.

"އަހަރެމެންގެ ނަޒަރުގައި އިޓަލީއަށް އައިސް މިތަނުގައި މުސްތަޤުބަލެއް ބިނާކުރަން ބޭނުންވާ ކޮންމެ މީހަކު ޖެހޭނީ އަހަރެމެންގެ ބަސް ދަސްކޮށް އަހަރެމެންގެ ސަގާފަތް ފަހުމުކޮށް އަހަރެމެންގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތަން" ކަމަށް މެލޯނީ ބުންޏެވެ.

ސަރުކާރުން މި ފިޔަވަޅު ފާސްކުރިޔަސް ޤާނޫނަކަށް ވާން ބޭނުންވާނީ 60 ދުވަހުގެ ތެރޭގައި ޕާލަމެންޓުގެ ރުހުމެވެ. ކަނާތު ފިޔައިގެ ސިޔާސީ ފެށުމެއް އޮތް މެލޯނީ އަކީ އިސްލާމްދީނާ ދެކޮޅު ޚާއްސަކޮށް މޫނު ބުރުގާއާ ވަރަށް ދެކޮޅު މީހެކެވެ.

އަންނަ އަހަރު ބާއްވާ ޢާންމު އިންތިޚާބަށް ތައްޔާރުވަމުން ދާ އިރު ކުދި އަދި މެދު ފަންތީގެ ކާރާއި ސްކޫޓަރުގެ ޕްރޮޕަޓީ ޓެކްހުން ލުޔެއް ދިނުން ފަދަ ތާއީދު ހޯދުމުގެ ސިޔާސަތުތައް ވެސް މެލޯނީ ގެންދަނީ ތަޢާރަފުކުރަމުންނެވެ.

މެލޯނީގެ ސަރުކާރު ވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިޓަލީގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް ސަރުކާރަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް