ބޮޑުތަކުރުފާނު މަގުގައި ޕާކުރާ ވެހިކަލްތައް ވެސް ޓޯ ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބޮޑުތަކުރުފާނު މަގުގައި ޕާކުރާ ވެހިކަލްތައް ވެސް ޓޯ ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެެފި އެވެ.
ދިވެހި ފުލުހުންގެ އިދާރާ އިން ބުނީ މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް ބޮޑުތަކުރުފާނުމަގުގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާސްޕޯޓަށް ދަތިވާ ގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ޓޯ ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތައް ދުއްވި މީހުންނާއިމެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ. އަދި އެ ގޮތަށް ޓޯ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ވެސް ބުންޏެވެ.
ފުލުހުން މިހާރު ވަނީ މަޖީދީމަގުގައި ޕާކުރާ ވެހިކަލްތައް ވެސް ޓޯ ކުރަން ފަށާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް