މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަކަށް، ވެރިކަން ކުރާ ޕީއެންސީ!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް މިއަދު އިއުލާނުކޮށްފިއެވެ.
މިކަން އިއުލާން ކުރައްވާފައިވަނީ މިއަދު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ.
އެގޮތުން ދާދިފަހުން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވައި އެކަން މަޖިލީހަށް އަންގަވާފައިވާތީ މަޖިލިސް އެކުލެވިގެންވާ ގޮތަށް އައިސްފައިވާ ބަދަލުތައް އަސްލަމް ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން މިހާރު މަޖިލިސް މެންބަރުން ބެހިފައިވާ ގޮތަކީ؛
އެމްޑީޕީ: 44
ޕީއެންސީ: 14
ޑިމޮކްރެޓްސް: 13
ޕީޕީއެމް: 2
އެމްޑީއޭ: 2
ޖޭޕީ: 2
މިނިވަން މެންބަރުން: 3
ޕާޓީ ތަކުގެ މެންބަރުންގެ އަދަދު އިއުލާން ކުރެއްވުމަށްފަހު އަސްލަމް ވަނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ކަމާއި މައިނޯރިޓީ ލީޑަރަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުކަން އިއުލާނު ކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް