ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ.ޖަބީން
ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުންގެ ކަންތައްތައް ބެލެހެއްޓުމަށް އުފައްދާފައިވާ ބާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑރ.މަރިޔަމް ޖަބީން އައްޔަންކޮށްފިއެވެ.
އެމަގާމަށް ޑރ.ޖަބީން އައްޔަންކުރިކަން ބާ ކައުންސިލުން ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކޮށްފައެވެ.
ޑރ.ޖަބީން އަކީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ފުރުއްވާފައިވާ ފަރާތެކެވެ.
އޭނާ ޕީއެޗްޑީ ހައްދަވާފައިވަނީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ދާއިރާއިންނެވެ. އަދި މާސްޓާޒް އާއި ބެޗެލާޒް ޑިގްރީ ހައްދަވާފައި ވަނީ ވެސް ގާނޫނީ ދާއިރާ އިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް