ޖޭއެސްސީގެ ނިންމުން ރަނގަޅުކަމަށް މަޖިލީހުން ނިންމަނީ
ސުޕްރީމް ކޯޓުގެ ފަނޑިޔާާރު އަބްދުﷲ ދީދީގެ މައްސަލަ ބަލައި ނިމެންދެން އެބޭފުޅާ ސަސްޕެންޑްކުރަން ނިންމި ނިންމުން ރަނގަޅުކަމަށް ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމައިފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީންނެވެ.
އެ ކޮމިޓީިން ޖޭއެސްސީގެ ނިންމުން ފާސްކުުރުމަށް ތަޅުމަށް ހުށަހަޅަން ނިންމީ އެ ކޮމިޓީއަށް ޖޭއެސްސީގެ މެންބަރުން ހާޒިރުކޮށް އެ ކޮމިޝަންގެ މެންބަރުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.
ޖުޑިޝަރީ ކޮމިޓީން ބުނެފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ޖޭއެސްސީން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުންތަކެއް ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނިންމި ނިންމުމަކީ ވެސް ގާނޫނީ ބާރު ފުރިހަމަޔަށް އޮތް ނިންމުމެއް ކަމަށް މަޖިލީހުން ކަނޑައެޅުމަށް ވަނީ އެދިފައެެވެ.
އެގޮތަށް ނިންމީ ރޭ އެކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ ވޯޓާއެކުއެވެ.
މި ރިޕޯޓާ ދެކޮޅަށް ވޯޓު ދެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް