އޭޖީއޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ދިރިއުޅުއްވާތަނުން ޑްރަގް ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ފައެނާ ފައްޔާޒު އާއި ފިރިކަލުން ދިރިއުޅުއްވާ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނިޖެއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ފައިނާގެ ދެމަފިރިން ދިރިއުޅުއްވާ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރެއިންކްރެސްޓް އެޕާޓްަންޓުން މަސްތުވާތަކެތި ފެނުމާ ގުޅިގެން ދެމަފިރިން ވަނީ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޑްރަގް އެންފޯސްމަންޓުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ ވަނަވަރެއް ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މީގެ ތެރެއިން ފައިނާ ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް