ބާޢީ ލުތުފީ ގެންނަން ދައްކަން ޖެހެނީ 43997 ރުފިޔާ
1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ގެނައުމަށް 2،852 ޑޮލަރު (43،997 ދިވެހި ރުފިޔާ) ދައްކަން ޖެހޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރ އިމްރާން މިހެން ވިދާޅުވެފައިމިވަނީ ލުތުފީގެ މައްސަލާގައި މިއަދުގެ މަޖިލީހަށް ހާޒިރުމުންނެވެ.
އެގޮތުން އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް، އޯވަސްޓޭ ފައިނިްގެ ގޮތުގައި ލަންކާއަށް ދައްކަން ޖެހެނީ، 2،852 ޑޮލަރު، ހަމަށާއި، ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ލިއުން ލިބުނުހާ އަވަހަކަށް، ލުތުފީ ރާއްޖެ ގެންނަވާނެ އިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވިދާޅުވި ލަންކާގެ ބަންޑާރަނައިބުގެ ފަރާތުން ލިބެންޖެހޭ ލިޔުން މިހާރު ލިބިފައިވާ ކަމަށާއި، ޑިފެންސްގެ ލިޔުން ލިބުނުހާ އަވަހަކަށް އެންމެ އަވަސް ފްލައިޓަކުން ރާއްޖެ ގެންނަވާނެކަމަށެވެ.
“މިއަދާ ހަމައަށް އައިއިރުގައި ސްރީލަންކާގެ ވަކިވަކި މުއައްސަސާތަކުން ލުޠުފީ އަނބުރާ ރާއްޖެ ގެނައުމަށް އެއްވެސް ހުރަހެއް ނެތަކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވާފައި. އެހެންނަމަވެސް މިހާރު މަޑުކޮށްގެން މިތިބީ ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސް އިން ލިބެންޖެހޭ ޚާއްޞަ ހުއްދަ (ނުލިބިގެން).” ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް