ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕާ ނައިބު ރައީސް ބައްދަލު ކުރައްވައިފި
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެއައި ހައްޖުކޯޕަރޭޝަނުގެ އެންމެ ފަހު ގްރޫޕްގެ ހައްޖާޖީންނާ ނައިބު ރައީސް ފައިސަލް ފައިސަލް ނަސީމު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު އައި ހައްޖުވެރިންނާ ނައިބު ރައީސް ބައްދަލުކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުންނެވެ. ނައިބު ރައީސް ވަނީ ހައްޖުވެރިންގެ ކަންކަން އިންތިޒާމުކުރައްވަން ވަޑައިގެންނެވި އިސްބޭފުޅުންނާ އަދި ހައްޖާޖީންނާވެސް ބބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕް ހައްޖަށް ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް