ރައީސް ޔާމީން ޕީޕީއެމުން ދުރަށް ޖެހިވަޑައިގަންނަވާ: ރީކޯ މޫސާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްއިން ދުރަށް ޖެހިވަޑައިގަތުމަށް އެޕާޓީގެ ކުރީގެ މެންބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިހެން ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޫސާ ވިދާޅުވީ އިންތިޚާބުތަކުން ބަލިވުމުން ޕީޕީއެމް ދޫކޮށްލުމަށް ފޮަނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ އަރިހުންވެސް ވަރަށް އަދަބުވެރިކަމާއި އެކު އެދޭ ކަމަށެވެ. އަދި ރައީސް ޔާމީންގެ އަރިހުންވެސް އެބޭފުޅާ ވަނީ އެކަން އެދިވަޑައިގެންފައެވެ.
"ރައީސް ޔާމީނަށް ވެސް ދަންނަވަން ދޫކޮށްލައްވާށޭ. އެތައް ބައެއްގެ ނަމުގައި ލިބޭ ލާރި، ދަރަނިތަކާ އެއްޗެހި ދައްކާ ހުރިހާ ކަމެއް ކޮށްފައި ތިމާ އަމިއްލަ އަށް ނުހުންނަވާށޭ. ފެއިލްވީމާ ދުރަށް ޖެހިވަޑައިގަންނަވާށޭ. ސިޔާސީ މުސްތަގުބަލު އެބަ އޮތޭ. ޕީޕީއެމް ހިންގަން ބޭނުންވާ ބަޔަކަށް ޕީޕީއެމް ހަވާލުކޮށްލާށޭ" މޫސަ ވިދާޅުވިއެވެ.
އެބޭފުޅާ ވަނީ މިސާލެއްގެ ގޮތުގައި 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވުމުން މޫސަވެސް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާދެއްވިކަން ފާހަގަކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް