މިރޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
މިރޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ
ހަބަރު 03 Oct 2025 | 23:07

އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

‏މިރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފި އެވެ.

އެމްޑީޕީން މިރޭ ވަނީ އެތައް ސަތޭކަ ބަޔަކާއެކު މުޒާހަރާ ކޮށްފަ އެވެ.

ދެތީން ގަޑިއިރަށް ދެމިގެންދިޔަ މުޒާހަރާއަށް ފަހު ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ މިރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި މަސައްކަތަށް އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

މިރޭގެ މުޒާހަރާ ފުރަތަމަ ފެށީ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މިރޭގެ މުޒާހަރާއަށް އެތައް ހާސް ބަޔަކު އެއްވި އެވެ. އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާގެ ބައިވެރީންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވާހަކަ ދެއްކެވި އެވެ.

އަދި އޭގެ ފަހުން ގޮވާލީ މަގުމައްޗަށް ނިކުތުމަށެވެ. އެހެން ކަމުން މުޒާހަރާގެ ބައިވެރީން ވަނީ މަޖީދީމަގަށް ނިކުމެފަ އެވެ. އޭރު ފުލުހުން ވަނީ ބައެއް ސަރަހައްދުތައް ބަަންދުކޮށްފަ އެވެ. ވަރަށް ގިނަ އަދަދެއްގެ ފުލުހުން ޝީލްޑާއެކު ހަރަކާތްތެރިވަމުން ދިޔަ އެވެ.

މުޒާހަރާގެ ބައިވެރީން ކުރިއަށްދާން ފުުރުސަތު ނުދިނުމުން ހަމަނުޖެހުން އުފެދުނެވެ. ބައެއް މީހުން ވަނީ ބެރިކޭޑްތައް އުކާލާފަ އެވެ.

އަދި ފުލުހުން ގެންގުޅޭ ޝީލްޑްތަކުގައި ތަޅާ ހަދާފައިވެ އެވެ.

އެއްވުމުގެ ބައިވެރިން ހުއްޓުވަން ފުލުހުން ވަނީ ކަރުނަ ގޭސްވެސް ޖަހާފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާއި ދިމާއަށް އެކި އެއްޗެހި އުކާފަ އެވެ.

މުޒާހަރާގެ ބައިވެރީން ވަނީ ދެތީން ގަޑިއިރު މަޖީދީމަގުގައި ހަރަކާތްތެރިވެފަ އެވެ. އަދި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ މަގުމަތީ އިށީންދެ ތިބެ އަޑުއުފުލާފަ އެވެ.

އޭގެ ފަހުން އެމްޑީޕީން ވަނީ މުޒާހަރާ ރަސްމީކޮށް ނިންމާލިކަން އިއުލާނުކޮށްފަ އެވެ. އޭގެ ކުރީން ހާއްސަ ދުއާއެއް ކުރުން އޮތެވެ.

އެ ޕާޓީގެ ލީޑާޝިިޕުން ބުނީ މިރޭގެ މުޒާހަރާ އަކީ "ވޯމްއަޕް" އެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...