2024 ގައި ކިޔާފައިވާ ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި!
2024 ވަނަ އަހަރު ކިޔާފައިވާ ހުރިހާ ޚުޠުބާތަކެއްގެ އިނގިރޭސި ތަރުޖަމާ މިއަދު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރެފިއެވެ.
ފޮތެއްގެ ސިފައިގައި ނެރެފައިވާ މި ތަރުޖަމާ ވަނީ މިނިސްޓްރީގެ ސޯޝަލް މީޑިއާގެ މަންސަރުތަކުގައްޔާއި ވެބްސައިޓުގައި ޝާއިޢު ކޮށްފައެވެ.
މި ފޮތުގައި ޖުމްލަ 35 ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވަނީ ހިމަނާފައެވެ.
ޚުޠުބާއާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ނެރުމާއި ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ފޭސްބުކް އަދި ޓީވީގެ ލައިވް ފީޑަށް އަރުވަން ނިމިދިޔަ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ފަށާފައިކަމަށް އެވުޒާރާއިން މަޢުލޫމާތުދެއެވެ.
އިނގިރޭސި ތަރުޖަމާ ފޮތް: Sermon Book 2024 (English) |
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް