އަދީބު ޖަލަށް ގެންދަން ފުލުުހުން ހަރަކާތްތެރިވަނީ
އައިޖީއެމްއެޗްގައި އެނދުމަތި ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންދިއުމަށް ފުލުހުންނާއި ކަރެކްޝަންސްއިން މަސައްކަތް ފަށައިފިއެވެ.
އެ ހޮސްޕިޓަލުގައި ހުރި ވޮއިސްގެ ނޫސްވެރިޔަކު މައުލޫމާތު ދިންގޮތުގައި އަދީބު ބާއްވާފައި އޮތް ޕްރައިވެޓް ވޯޑްގެ ސަރަހައްދުގައި ގިނަ އަދަދެއްްގެ އެސްއޯ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިވަގުތު އައިޖީއެމްއެޗް ކައިިރިއަށް އަދީބުގެ ސަޕޯޓަރުން ވަނީ އެއްވެ، އޭނާ އަނބުރާ ޖަލަށް ނުގެންދެވޭނެކަމަށް ބުނަމުންނެވެ.
https://www.facebook.com/voicemaldives/videos/2219716874759256/?modal=admin_todo_tour&_rdc=2&_rdr
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެމްޓީޑީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ވިދާޅުވީ އަދީބު ގެންދަން އުޅެނީ ޑިސްޗާޖް ޑޮކިއުމެންޓްއެއްވެސް ނެތިކަމަށާއި،އަދީބު ދޫކޮށްލިކަން ހޮސްޕިޓަލްގެ ފަރާތުން އާއިލާއަށް އަންގާފައިނުވާކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް